އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު ސޮފްވާން ސަސްޕެންޑްކުރި މައްސަލައިގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މުޅި ޖަލްސާއަށް ވަނީ އޭގެ ނުފޫޒު ފޯރާފައެވެ.

ރޭގެ ދަންވަރު 10:30 ހާއިރު ސޯޝަލް ސެންޓަރުގެ ހަރުގޭގައި ބޭއްވި މި ޖަލްސާއަކީ އެސޯސިއޭޝަން ހިންގުމުގެ އެންމެ މުހިންމު ނިންމުންތައް ނިންމާ މަޖިލީހެވެ. މި ޖަލްސާގައި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ 11 ކްލަބަކުން ބައިވެރިވެފައިވެއެވެ. ވީ.އޭ.އެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، އާންމު ޖަލްސާއެއްގެ ކޯރަމް ހަމަވާނީ ފުރިހަމަ މެންބަރުންގެ ދެބައިކުޅަ އެއްބައި ހާޒިރުވުމުންނެވެ. އެހެންކަމުން، ބޭނުންވާ އަދަދަށް މެންބަރުން ހަމަވުމާ ގުޅިގެން ޖަލްސާގެ އެޖެންޑާގައި ހުރި ކަންކަމަށް ވަނީ މަޝްވަރާކޮށްފައެވެ.

މި ސެޝަންގައި 2026 ވަނަ އަހަރުގެ ގައުމީ ވޮލީބޯޅަ ކަލަންޑަރާއި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. މިއާއެކު، ކުރިއަށް އޮތް އަހަރުގެ މުބާރާތްތަކާއި އިދާރީ ހިންގުމުގެ މަސައްކަތްތައް ރަސްމީކޮށް ކުރިއަށް ގެންދިއުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

ކަންމިހެން ހުރި ނަމަވެސް، “ސޮފްވާން ކޯޗު” ގެ ނަމުން މަޝްހޫރުވެފައިވާ އަހުމަދު ސޮފްވާން ވޮލީބޯޅައިގެ ހުރިހާ ހަރަކާތްތަކަކުންނާއި އެގްޒެކެޓިވް ކޮމިޓީން ސަސްޕެންޑްކުރި މައްސަލަ ވަނީ ޖަލްސާގެ ތެރޭގައި ވަރަށް ބޮޑަށް ބަހުސް ކުރެވިފައެވެ. މި ނިންމުމަކީ ވޮލީ އާއިލާގެ ތެރޭގައި ވަރަށް ބޮޑު ހަމަނުޖެހުމެއް އުފެދިފައިވާ ކަމެކެވެ.

އެސޯސިއޭޝަންގެ އެތެރޭގެ މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި، މި މައްސަލައިގައި އެގްޒެކެޓިވް ކޮމިޓީގެ ތެރޭގައި ވެސް ވަނީ ބޮޑެތި ބައިބައިވުންތަކެއް އުފެދިފައެވެ. މިކަމާ ގުޅޭގޮތުން ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި، ތަޖުރިބާކާރު ބައެއް މެންބަރުން ވަނީ ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް މިފަދަ ސީރިއަސް ނިންމުމެއް ނުނިންމޭނެ ކަމަށް ބުނެ ބައްދަލުވުން ދޫކޮށް ނިކުމެފައެވެ.

އެހެންނަމަވެސް، ސޮފްވާންގެ ސަސްޕެންޝަން ކުރިއަށް ގެންގޮސްފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ ކްލަބުތަކެއްގެ މައްޗަށް ނުފޫޒު ފޯރުވާފައިވާ އިދާރީ އިސް ބޭފުޅުންތަކެއްގެ ބާރުގެ ދަށުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ކްލަބުތަކުގެ އަގުލަބިއްޔަތު އޮތުމަކީ ގަވާއިދާއި އުސޫލުތަކުން ބޭރުން ނިންމުންތައް ނިންމުމަށް އޮތް ހުއްޖަތެއް ނޫނެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ވޮލީބޯޅައިގެ ހިއްސާދާރަކު ބުނީ،

“ވޯޓުގެ އަގުލަބިއްޔަތު އޮތަސް، މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ އެސޯސިއޭޝަންގެ އަސާސީ ގަވާއިދާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން.”

 

މީގެ އިތުރުން، އެސޯސިއޭޝަންގެ ހިންގުމާއި އުސޫލުތަކަށް ވަކާލާތުކުރާ ތަޖުރިބާކާރު ބައެއް މެންބަރުން ރޭގެ ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ. އެ ބޭފުޅުން ޖަލްސާއަށް ވަޑައިނުގަތީ ސޮފްވާންގެ މައްސަލަ ގެންގޮސްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ޖަލްސާއަށް ވަޑައިނުގެންނެވި އިސް މެންބަރަކު ވިދާޅުވީ، ޖަލްސާތަކަކީ ހަމައެކަނި ފެންނަ ފެނުމަށް ސޫޓުލައިގެން ތިބެ ބާއްވާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، ޕްރޮފެޝަނަލިޒަމް އަކީ އަސާސީ ގަވާއިދަށް އިހުތިރާމްކުރުން ކަމަށެވެ.

އަދި ހަމައެހެންމެ، ރަމަޟާން މަހުގެ 27 ވިލޭރޭ ފަދަ މާތް ރެއެއްގައި މިފަދަ ޖަލްސާއެއް ބޭއްވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުން ވެސް ވަނީ ދީނީ ކަންކަމަށް އިހުތިރާމްކުރުމުގެ ގޮތުން މި ޖަލްސާ އެހެން ތާރީޚަކަށް ފަސްކުރެވޭނެ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކަލަންޑަރާއި ބަޖެޓް ފާސްކުރެވުނު ނަމަވެސް، ސޮފްވާންގެ ސަސްޕެންޝަނާ ގުޅިގެން އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރިމަގާއި އެއްބައިވަންތަކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާރު ވޮލީ އާއިލާގެ އެދުމަކީ ހިންގުމުގެ ތެރޭގައި ދެފުށް ފެންނަ އުސޫލުތަކެއް ގާއިމުކޮށް، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމެވެ.

ރާއްޖެ ސުޕަރ ލީގު 2026 މުއްދަތެއް ނެތް ގޮތަށް ފަސްކުރުން – ދިވެހި ވޮލީބޯޅައިގެ މިސްރާބު އޮޅިފައިވާކަމުގެ ހެއްކެއް.

ރާއްޖެ ސުޕަރ ލީގު 2026 މުއްދަތެއް ނެތް ގޮތަށް ފަސްކުރުން – ދިވެހި ވޮލީބޯޅައިގެ މިސްރާބު އޮޅިފައިވާކަމުގެ ހެއްކެއް.ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން އިންތިޒާމުކުރާ “ރާއްޖެ ސުޕަ ލީގު 2026” ގެ ފިރިހެން ޑިވިޛަން، މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅިގެން ވޮލީ އާއިލާގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ....

އިތުރަށް ކިޔާލުމަށް

ވީ.އޭ.އެމް އަށް އާ މޫނެއް – ނަމަވެސް މިއީ ވޮލީބޯޅައަށް ހަގީގީ ބަދަލެއް ގެނުވާނެ ކަމެއްބާ؟

ވީ.އޭ.އެމް އަށް އާ މޫނެއް – ނަމަވެސް މިއީ ވޮލީބޯޅައަށް ހަގީގީ ބަދަލެއް ގެނުވާނެ ކަމެއްބާ؟ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީ.އޭ.އެމް) ގެ އެގްޒެކެޓިވް ކޮމިޓީއަށް އައިޝަތު ޝައްފަ އައްޔަންކުރެވުނު މި ދަނޑިވަޅަކީ، ރާއްޖޭގެ ވޮލީބޯޅައަށް ހަމައެކަނި ބަދަލުތަކެއް އަންނަމުންދާ ވަގުތެއް ނޫނެވެ. މިއީ އެ ކުޅިވަރަށް ސާފު މިސްރާބަކާއި މަގުސަދެއް އިންތިހާއަށް ބޭނުންވެފައިވާ...

އިތުރަށް ކިޔާލުމަށް

ސާންޔާ ބީޗް ގޭމްސްއަށް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމު ތައްޔާރުވަމުންދާއިރު، ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްކަންދޭ ކަންކަމާމެދު ސުވާލު .

ސާންޔާ ބީޗް ގޭމްސްއަށް ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމު ތައްޔާރުވަމުންދާއިރު، ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްކަންދޭ ކަންކަމާމެދު ސުވާލު .2026 ވަނަ އަހަރުގެ އޭޕްރީލް 23 އިން 29 އަށް ޗައިނާގެ ސާންޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބީޗް ގޭމްސްއަށް ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޓީމުން ތައްޔާރުވަމުންދާއިރު، ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދެވޭނެ ފަދަ...

އިތުރަށް ކިޔާލުމަށް

ޔޫ-20 އަންހެން ވޮލީބޯޅަ ހުނަރުވެރިން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޯޗިންގް މިންގަނޑުތަކާ މެދު ސުވާލު އުފެދިފައި.

ޔޫ-20 އަންހެން ވޮލީބޯޅަ ހުނަރުވެރިން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޯޗިންގް މިންގަނޑުތަކާ މެދު ސުވާލު އުފެދިފައި.ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 20 އަހަރުން ދަށުގެ އަންހެން ޕްރޮގްރާމަކީ ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމާއި ހުނަރުވެރިން ދެނެގަތުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބުނި ނަމަވެސް، ވޮލީބޯޅަ އާއިލާގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް...

އިތުރަށް ކިޔާލުމަށް

20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމު ހޮވުމުގައި ކުޅުންތެރިން މަދުވުމުން ކަންބޮޑުވުން. 

20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމު ހޮވުމުގައި ކުޅުންތެރިން މަދުވުމުން ކަންބޮޑުވުން. މިއަދު މާފަންނު ޓާފް ވޮލީ ކޯޓުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ އަންހެން ޤައުމީ ވޮލީބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމުގެ ސެޝަނަށް ހާޒިރުވީ މަދު ކުޅުންތެރިންކޮޅަކަށް ވުމުން، ރާއްޖޭގެ ވޮލީ އާއިލާގެ ތެރޭގައި ސުވާލުތަކެއް އުފެދިއްޖެއެވެ. މިކަމާ ގުޅިގެން، ޤައުމީ...

އިތުރަށް ކިޔާލުމަށް

އެކަޑަމީތައް ގުޅުވާލުން: ދިވެހިރާއްޖޭގައި ވޮލީބޯޅަ އެކަޑަމީތަކުގެ ގައުމީ ޖަމިއްޔާއެއް އުފެއްދުމަށް ޑިޕްލޮމެޓިކް މިސްރާބެއް.

އެކަޑަމީތައް ގުޅުވާލުން: ދިވެހިރާއްޖޭގައި ވޮލީބޯޅަ އެކަޑަމީތަކުގެ ގައުމީ ޖަމިއްޔާއެއް އުފެއްދުމަށް ޑިޕްލޮމެޓިކް މިސްރާބެއް.ދިވެހިރާއްޖޭގައި ވޮލީބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ރަށްފުށުގެ ދިރިއުޅުމުގެ ފުން ބައެކެވެ. ރަށްރަށުގެ އަތިރިމަތިތަކާއި، ސްކޫލް މައިދާންތަކުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ މި ކުޅިވަރު އަންނަނީ އާލާވަމުންނެވެ. ނަމަވެސް، މިފަދަ ވަރުގަދަ ސަގާފަތެއް އޮތް ނަމަވެސް، ކުޅިވަރުގައި...

އިތުރަށް ކިޔާލުމަށް
1 2 3 4 5 7 8 9 10