ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ތެރޭގައި، ޖަމިއްޔާގެ ލީޑަޝިޕާއި ގިނަ ދުވަސްވީ ފަންނީ ތަޖުރިބާ ހުރި ބޭފުޅުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމުގެ ކަންބޮޑުވުންތައް ދިވެހި ވޮލީ ދުނިޔޭގެ ތެރެއިން ފެންމަތިވާން ފަށައިފިއެވެ
މި ބަހުސްގެ މައި ނުކުތާ ހުރީ ޖަމިއްޔާގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ އާ ގުޅިގެންނެވެ. ޖެނެރަލް ސެކްރެޓަރީ ނިސްބަތްވަނީ އާންމު އޮފީސް ހިންގުމާއި އިދާރީ ދާއިރާ އަށެވެ. ޖަމިއްޔާގެ ތެރޭގެ ހާލަތު ގާތުން ދެނެހުރި ގިނަ ފަރާތްތަކުން ބުނާ ގޮތުގައި، ޖެނެރަލް ސެކްރެޓަރީ ފަހަކަށް އައިސް އެގްޒެކެޓިވް ކޮމިޓޓީ ބައްދަލުވުންތަކުގައި ވަރަށް ހަރުކަށި ގޮތެއްގައި ވާހަކަ ދައްކަވާ ކަމަށާއި، ކޮމިޓީގެ ތެރޭގައި ތިއްބެވި ތަޖުރިބާކާރު ފަންނީ ބޭފުޅުންތަކެއްގެ ކިބައިން ހިތްހަމަ ނުޖެހިވަޑައިގެން ވަރަށް ބޮޑަށް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓް ކުރެވިފައިވެއެވެ
މި ކަންތައްތަކާ ގުޅިގެން ވޮލީ ދުނިޔޭގެ ތެރޭގައި ތިބި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ފަންނީ ތަޖުރިބާ ހުރި ބޭފުޅުންނާ ދޭތެރޭ ގެންގުޅެވޭ ވިސްނުމަކީ، ކުޅިވަރަށް ހޭދަ ކުރެވިފައިވާ ދިގު ތަޖުރިބާ ގަދަރުކޮށް ބަލައިގަތުމުގެ ރޫހު ދައްކައިދޭ ވިސްނުމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ
ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ދިވެހި ވޮލީ ދާއިރާގައި ތަފާތު ފަންނީ ދައުރުތަކުގައި ގިނަ ދުވަސްތަކެއް، ބައެއް ބޭފުޅުން ދިހަ ވަރަކަށް ނުވަތަ ދިހައަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ކުރީގެ ގައުމީ ކުޅުންތެރިން، ކޯޗުުން، ރެފްރީން، އަދި ރާއްޖޭގެ ތަފާތު ހިސާބުތަކުގައި ކުޅުންތެރިން ތަމްރީންކޮށް މުބާރާތްތައް ހިންގުމުގައި ސީދާ ދައުރެއް އަދާ ކޮށްދެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ
ކޮމިޓީ ބައްދަލުވުންތަކާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި، ތަޖުރިބާ ހުރި ބައެއް މެންބަރުން ވަނީ ޒާތީ ގޮތެއްގައި ހިތްހަމަ ނުޖެހިފައިކަން ހާމަ ކޮށްފައެވެ. ތަޖުރިބާ ހުރި ފަންނީ ބޭފުޅުންގެ ދިގު ހިދުމަތާއި ފަންނީ ދެނެގަތުމަށް ހައް
ދެވޭ ގަދަރު ހީވާ ވަރަށް ވުރެ ކުޑަ ކަމަށް ބައެއް ބޭފުޅުންުން ދެކިވަޑައިގަންނަވައެވެ
ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، މިހާރުގެ ޖެނެރަލް ސެކްރެޓަރީ އަށް އިދާރީ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައި ވީ ނަމަވެސް، ވޮލީ ބޯލް އެސޯސިއޭޝަނާ ގުޅިވަޑައިގެންނެވި ތާ ވީ ދުވަސްތަކަކީ އެންމެ ކުޑަ ވެގެންވެސް ގިނަ ދުވަސްތަކެއް ނޫނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ކުޅިވަރެއްގެ ތެރޭ ހޭދަ ކޮށްފައިވާ ވަގުތު ނިސްބަތުން ކުޑަ ނަމަ، ހަޔާތުގެ ބޮޑު ބައެއް ދިވެހި ވޮލީ ތަރައްގީ ކުރުމަށް ހޭދަ ކޮށްދެއްވި ބޭފުޅުންގެ ނަޒަރިއްޔާތަށް ގޮންޖެހުމަށް ނުވަތަ ބަލައިނުގަތުމަށް ބޭނުންވާ ފަންނީ ފަހުމު ހާސިލުވެފައި ހުންނާނެ ކަމަށް ބެލެވޭ ތަނެއް ނެތެވެ
މި ހާދިސާ ވަނީ ކުޅިވަރު ހިންގުމުގައި އިދާރީ ދައުރާއި ފަންނީ ތަޖުރިބާ ދެ ކޮޅަށް ދެމިފައިވާ ހާލަތާ ބެހޭ ފުޅާ ބަހުސެއް ތިލަ ކޮށްދީފައެވެ.
ކުޅިވަރު ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރުން ގިނަ ފަހަރަށް ފާހަގަ ކުރައްވާ ގޮތުގައި، ހިންގުމުގެ ދައުރަކީ ހިންގުމުގެ ކަންކަމާއި، މާލީ ކަންކަމާއި، ޖަމިއްޔާގެ ތެރޭ ގެންގުޅޭ ނިޒާމްތައް ހަރުދަނާ ކުރުމަށް ނިހާޔަތަށް ބޭނުންތެރި ދައުރެއް ކަމުގައި ވީ ނަމަވެސް، ފަންނީ ދެނެގަތުމަކީ ކޮންމެ ކުޅިވަރެއްގެ ވެސް ފެޑެރޭޝަންގެ ބިންގަލެވެ. ކުޅުންތެރިން ތަރައްގީ ކުރުމާއި، ކޯޗިން ނިޒާމް ބައްޓަން ކުރުމާއި، މުބާރާތްތައް ރޭވުމާއި، ފަންނީ މިންގަނޑުތައް ކަނޑައެޅުމާާ ގުޅޭ ނިންމުންތަކަށް ބޭނުންވަނީ ކުޅިވަރުގެ ތެރޭ ސީދާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ވިސްނުމާއި ހިކުމަތެވެ
ވޮލީ ދުނިޔޭގެ ތެރޭ ތިބި ގިިނަ ބަޔަކު ބުނާ ގޮތުގައި، މިހާރުގެ ހާލަތަކީ ކުޅިވަރު ހިންގުމުގައި ތަކުރާރުވަމުން ދާ ގޮންޖެހުމެއް ހާމަ ކޮށްދޭ ހާލަތެކެވެ. އެ ގޮންޖެހުމަކީ، ހިންގުމުގެ ބާރު ފަންނީ ތަޖުރިބާ ކަހާލާ ހިސާބަށް ގޮސްފައިވާ ހާލަތެވެ
“ކުޅިވަރު ޖަމިއްޔާތަކަށް ހިންގޭ ނުވާނެ ތަނެއްހެން ހިންގައިގެން ނުވާނެ،” ހާލަތު ގާތުން ދެނެހުރި ފަރާތަކުން ފާހަގަ ކޮށްފައިވެއެވެ. “ކުޅިވަރުގައި، ތަރައްގީގެ މިސްރާބު ކަނޑައަޅަން ޖެހޭނީ ފަންނީ ދެނެގަތުމެވެ. ހިންގުމުގެ ދައުރަކީ އެ ފަންނީ ތަޖުރިބާ ތާއީދު ކޮށް ވާގިވެރިވުމެވެ. ވާދަ ކުރުމެއް ނޫނެވެ.”
ދިވެހިރާއްޖެ ފަދަ ކުޅިވަރު ތަރައްގީ ވަމުން އަންނަ ގައުމެއްގައި، ހިންގުމާއި ފަންނީ ލީޑަޝިޕާ ދެމެދު ހިފެހެއްޓިފައި ހުންނަ ހަމަ ހަމަ ނިސްބަތަކީ ނިހާޔަތަށް މުހިންމު ކަމެއް ކަމަށް ދެކެވެއެވެ. ވޮލީ ބޯލަކީ ރާއްޖޭގައި އެންމެ ފަޅުފިލާ ކުޅިވަރުތަކުގެ ތެރޭ ހިމެނޭ ކުޅިވަރެކެވެ. އަދި މިހާތަނަށް ކުރިއެރުން ހޯދިފައިވަނީ ބޮޑުބޮޑަށް ވޮލަންޓިއަރުންނާއި ކުޅިވަރު ޕްރޮފެޝަނަލުންގެ ހިތްވަރާއި ގުރުބާނީގެ ސަބަބުންނެވެ. ރާއްޖޭގެ ތަފާތު ރަށްތަކުގައި ކޯޗިންކޮށް، ރެފްރީ ކޮށް، ކުޅުންތެރިން ތަރައްގީ ކުރުމަށް ވަގުތާއި ހިތްވަރު ހޭދަ ކޮށްދެއްވި ފަރާތްތަކުގެ ހިދުމަތް ވަކިން ހާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ
ޖަމިއްޔާގެ ތެރޭ ބަހުސްތައް ކުރިއަށް ދާ ހިނދު، ވޮލީ ދުނިޔޭގެ ތެރޭ ތިބި ގިނަ ބަޔަކު ވަނީ ލީޑަޝިޕް މި ހިތްހަމަ ނުޖެހުންތަކާ ކުރިމަތިލާ ހައްލު ހޯދާ ގޮތް ވަރަށް ގާތުން ބަލަމުންނެވެ
ވޮލީ ދާއިރާގެ ތެރޭ ތިބި ގިނަ ފަރާތްތަކެއްގެ ހިޔާލަކީ، ދިވެހި ވޮލީ ހަގީގީ ގޮތެއްގައި ހަރުދަނާ ކޮށް ކުރިއެރުވޭނީ، ހިންގުމުގެ ގާބިލިއްްޔަތާއި، ޖީލުތަކެއްގެ ވޮލީ ޕްރޮފެޝަނަލުން ހޯދައިދެއްވާފައިވާ ތަކުލީފްތެރި ފަންނީ ތަޖުރިބާ، ދެ ކަމަށް ވެސް ހަމަ ހަމަ ގަދަރު ދީ ބަލައިގަންނަ ލީޑަޝިޕް ވިސްނުމެއްގެ ދަށުން ކަމަށެވެ